ސޯބެ މެންބަރު ކަމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަޖިލީހުގެ އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ), މެންބަރު ކަމުގެ މެންބަރު ކަމުގެ ހުވާކުރެއްވުން އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ސޯބެ, މެންބަރު ކަމުގެ ހުވާކުރެއްވުން ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީސް ކުރާ ގޭގައި އޮންނާނެ ކަމަށެވެ.
މި މަހުގެ ހަވަނަ ދުވަހު އޮތް އިންތިހާބު ސޯބެ ކާމިޔާބު ކުރެއްވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) އާ ވާދަކުރައްވަ އެވެ.
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމާއި ގުޅިގެންނެވެ. ސުޕްރީމް ކޯޓުން އެ ނިންމުން ނިންމީ އޭނާގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް