މިރޭގެ މޫސުންވެސް ވަރަށް ގޯސް: ހއ. އަތޮޅުން ވ. އަތޮޅަށް އޮރެންޖު ސަމާލު
ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި، މިރޭގެ މޫސުންވެސް ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފި އެވެ.
މިރޭ ހއ. އަތޮޅުން ވ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައިވަނީ 19:15 އިން ފެށިގެން 23:15 އާ ހަމައަށެވެ.
މެޓު އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، އޮރެންޖު ސަމާލު ނެރެފައިވާ ވަގުތުގެ ތެރޭގައި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލުގެ ބާރުމިނަށް ވައިގަދަވާނެ އެވެ.
މީގެ އިތުރުން، މި ވަގުތު ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިހާރު ރާޢްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް