އައްޑޫސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައިއޮތް ޑައިވިން ދޯންޏެއްގައި ރޯވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އައްޑޫސިޓީ ފޭދޫ ބަނދަރު ބޭރުގައި އަޅާފައިއޮތް ޑައިވިން ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގުމާއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާކަމަށެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ޑައިވިން ދޯނީގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރާތީ ފެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހެއްގެ ހަށިގަނޑަށް ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް ދޯނި ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް