ޔާމީންއަށް އަނިޔާނުދޭނެކަން އަޅުގަނޑު ޔަގީންކުރަން: ގާސިމް
މިވަގުތު ޖަލުބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް މި ސަރުކާރުން އެއްވެސް ވަރަކަށް އަނިޔާވެރިނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ މިނިސްޓަރ އިރުތިޝާމް އާދަމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ގޮތަކަށް ކަންތައްތައް ނުވުން ވަރަށް މުހިންމުކަމެއްކަމަށާއި އެއްވެސް މީހަކަށް އަނިޔާ ލިބުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާނެ ކަމެއް ނޫންކަމަށެވެ.
"އަޅުގަނޑު މިދަންނަވަނީ އަބްދުﷲ ޔާމީނަށް އަނިޔާއެއް ދެއްވަނީއޭކޭ ނޫން. އެހެން ނުހައްދަވާނެ ކަަމަށް އަޅުގަނޑު ޔަގީންކުރަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ޖަލަށްލުމުގެ ސަގާފަތެއް އެބައޮތްކަމަށާއި އެއީ އުފާކުރަންޖެހޭ ކަމެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް