މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
މިކަން ސްޓެލްކޯއިންވެސް ވަނީ ޔަގީންކޮށްދީފައެވެ. ސްޓެލްކޯއިން ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާަކަމަށެވެ. ކަރަންޓް ކަނޑައިގެން ގޮސްފައިވަނީ، މެންދުރު 12 ޖެހިތާ އިރުކޮޅެއް ފަހުންނެވެ.
ސްޓެލްކޯއިން ބުނީ ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާއިރު، ސްޓެލްކޯއިން ދަނީ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތެއް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާނުލައި އަޕްގްރޭޑިން މަސައްކަތެއް ފުރިހަމަ ކުރެވުނުކަން ސްޓެލްކޯއިން ވަނީ މިއަދު ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް