ރޯދައާއި ދިމާކޮށް ހުޅުމާލެ ސާފުކުރުމުގެ ކެމްޕޭނެއް ފަށައިފި
ރޯދަަމަހާއި ދިމާކޮށް ހުޅުމާލޭގެ މަގުތަކާއި ސަރަަހައްދުތައް ސާފުތާހިރުކަންމަތީ ބޭއްވުމުގެ ޚާއްސަ ކެމްޕޭނެއް ފަށައިފިއެވެ.
ރޯދަ ސާފު ނަމުގައި އެޗްޑީސީން އިސްނަގައިގެން ކުރިއަށްގެންދާ މި ކެމްޕޭންެ އިފްތިތާހުކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަންއެވެ.
މ ކެމްޕޭން އިފްތިތާހުކުރުމުގެ ހަފްލާގައި ވަނީ އެޗްޑީީސީގެ އިސްވެރިންނާއި، ހުޅުމާލޭ ދާއިރާާގެ އިންތިޚާބީ މެންބަރ އަލީ ނިޔާޒު ބައިވެެރިވެ ވަޑައިގަންނަވާފައެވެ.
Thank you MP Elect for Hulhumalé constituency, Mr Ali Niyaz for your valuable support to all our initiatives. #RoadhaSaafu #SaafuHulhumalé #AharenengeZinmaa @ali_niya pic.twitter.com/Or6cmUynUx
— HDC (@hdcmaldives) April 27, 2019
މިއަދު ކުރިއަށްދިޔަ މިސާފުކުރުމުގެ ހަަރަކާތުގައި އެޗްޑީސީގެ މުވައްޒަފުންނާއި، މެންބަރ އަލީ ނިޔާޒާއި، ހުޅުމާލޭގެ ސްކޫލް ދަރިވަރުންނާއި ބައެއް އާންމުން ބައިވެރިވިއެވެ.
މި ހަރަކާތުގެ ބައިވެރިން މިއަދު ވަނީ ސެންޓްރަލް ޕާކް ސަރަހައްދު ސާފުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް