ބިދޭސީއެއް ގަޔަށް ވަޅިޖެހި މައްސަލާގައި 16 އަހަރުގެ ކުއްޖެއް ފުލުހުންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރޭ ހިޔާ އަވަށުގައި ބިދޭސީއެއްގެ ގަޔަށް ވަޅި ޖެހި މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ރޭ ހުޅުމާލެ ފޭސް 2، ހިޔާ ޕާކުގައި ހިނގި މާރާމާރީއާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި އަނިޔާ ވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށާަ، އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި އަދިވެސް ފަރުވާ ދެމުންދާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް