N/A
N/A
ހަބަރު 21 Nov 2019 | 07:26

މަރުކޮމިޝަނުން ނެރުނު ރިޕޯޓަކީ މީހަކު ރަޖަމުކޮށްލަން ނެރެފައޮތް ރިޕޯޓެއް: އާދަމް ޝަރީފު

ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކޮށް، މަރުކޮމިޝަނުން ނެރުނު ރިޕޯޓަކީ މީހަކު ރަޖަމުކޮށްލަން ނެރެފައިވާ ރިޕޯޓެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވިއިރު، އަފްރާޝީމުގެ މަރުގެ ރިޕޯޓުގައި ސަލަފު ޖަމުއިއްޔާއަށާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމަށް ތުހުމަތުކޮށްފައި ވެއެވެ. އެގޮތުން ސަލަފަކީ ޖިހާދީ ފިކުރުގެ ޖަމާއަތެއް ކަމަށްބުނެ، އެޖަމުއިއްޔާއަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ 241 ކޮމެޓީގެ ސަބް ކޮމެޓީން މިރޭ ވަނީ ނިންމާފައެވެ. ނަމަވެސް ތިން މެންބަރުން ތިއްބަވާ އެކޮމެޓީން މަރުކޮމިޝަނުގެ ރިޕޯޓު ދިރާސާކުރުމަށްފަހު ރިޕޯޓު ލިޔެ ތައްޔާރުކޮށް ފާސްކުރީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު އެކަނި އިންނަވައިގެންނެވެ. މައި ކޮމެޓީއަށް ފޮނުވަން ތައްޔާރުކުރި އެރިޕޯޓުގައި ސޮއިކުރެއްވީ ވެސް ހަސަން ލަތީފު އެކަންޏެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، ސަލަފަކީ ޖިހަދީ ފިކުރުގެ ޖަމާއަތެއް ނޫން ކަމަށާއި ސަލަފު އުވާލައިގެން ނުވާނެ ކަމަށެވެ. އަދި އެކަމާ ރައްޔިތުން ތެދުވާނެ ކަމަށް ވިދާޅުވިއެވެ.

''މިއީ ތިން މީހުން ހިމެނޭ ކޮމެޓީއެއްގައި، ތިން މީހުން ކުރެ ދެ މީހުން އެއާ ބެހޭގޮތުން ވޯޓެއް ދީ، ފާސްވެފައި އޮތް އެއްޗެއް ނޫން. މި ހުރިހާ ކަމެއްގައިވެސް ފޮރުވިފައިވަނީ އިސްލާމްދީނުގެ ހަޟާރާތް ފެތުރުމުގައި މަސައްކަތް ކުރާ މީހުންނަށް ގޮންޖެހުން ކުރިމަތިކުރުން. ރާއްޖެއަކީ މުޅިން މިނިވަން ފިކުރަށް ހުޅުވާލެވިފައިވާ ތަނަކަށް ހެދުމާއި އެކަން ބޭރުގެ ލާދީނީ މީހުންނަށް ދެއްކުން. މުޅިންވެސް ފެނިގެން މިދަނީ މުޅި ސަރުކާރުގެ ތެރެއިން އެމަސައްކަތް ކުރާތަން.'' އާދަމް ޝަރީފް ވިދާޅުވިއެވެ.

އެ ރިޕޯޓުގައި ހިމެނިފައިވާ ބައެއް ވާހަކަތަކަކީ އެއްވެސް ސާބިތު ހެއްކެއް ނެތް، އެހެންނަމަވެސް، ސިޔާސީ ގޮތުން މީހަކު ގަތުލްކޮށްލަން ނޫނީ ރަޖަމް ކުރަން ބޭނުންވާ ނަމަ މީހަކު ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ލިޔެފައި އޮތީ. އެރިޕޯޓު ނެރެފައި އޮތީ އެއްވެސް ވަރަކަށް ދިރާސާ ނުކޮށް.'' އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަލަފުގެ ހަރަކާތްތައް ހުއްޓުވަން އުޅެނީ އެމްޑީއެން ގެ ލާދީނީ ފިކުރަށް ރާއްޖެއިން ޖާގަ ދޭން ކަމަށާއި މިއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ފުރުސަތު ދޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...