މަޖިލިސް ކެމްޕެއިނަށް އެމްޑީޕީން 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި
މިއަަހަރުގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީން މިހާތަނަށް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިންއަށް ވަކި ބަޖެޓެއް ކަނޑައަޅާފައި ނުވާކަމަށެވެ.
އަދި ކެމްޕެއިންގެ ހަރަކާތްތަކަށް ފައިސާ ހޯދަނީ ފަންޑް ރެއިޒިންގް މެދުވެރިކޮށް ކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ.
އެނާ އިތުރަށް ވިދާޅުވީ، މިހާރުވެސް އެމްޑީޕީން 4.8 މިލިޔަން ރުފިޔާ މަޖިލީހުގެ ކެމްޕެއިންއަށް ހޯދިފައިވާކަމަށެެވެ. އެއީ ހެޔޮއެދޭ ފަރާތްތަކުގެ އެހީީ އާއި، ފަންޑް ރެއިޒިންގް ހަރަކާތްތަކުން ލިބިފައިވާ ފައިސާކަމަށް އަފްޝަން ވިދާޅުވިއެވެ.
އަދި ފަންޑް ރެއިޒް ކުރުމަށް އިތުރު ކަންތައްތައް ރާވަމުންގެންދާ ކަމަށްވެސް އެނާ ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް