ގަދަވަޔާއެކު އައްޑޫސިޓީ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީ ހިތަދޫ ދެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދޫ ހުޅުދުއާގެއާއި، އޯކަމްލިވާގޭގެ ފުރާޅު ވަޔާ އެއްލާލާފައިވާ ކަމަށެވެ.

އަދި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެ ގޭގޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން، މި ވިއްސާރައިގައި، އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމުން، ފެން ހިންދުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ މަސައްކަތްކޮށްފައެވެ.
އެގޮތުން އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީ ފޭދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް އިން ފަށާފައި ވަނީ ރޭ 03:45 ހާއިރުއެވެ.
އަދި ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ ފައިޓަރުން މިއަދު 10:10 ހާއިރު ވަންދެން ހަރަކާތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް