ދިވެހި ހާޖީންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން: މައްކާ ހޮޓެލުގެ އާބާތުރަ ފިލުވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަތިކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ދަށުން މައްކާ ހޮޓެލުގެ އާބާތުރަ ފިލުވައިފި އެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ މިގޮތުން މައްކާ ހޮޓެލުގެ ހުރިހާ ކޮޓަރިތަކެއްގެ ކާޕެޓު ބަދަލުކޮށް، މޭޒާއި އެނދު ބަދަލުކޮށް، ފާޚާނާތަކުގެ ޓައިލްސް ބަދަލުކުރުންފަދަ ކަންކަން ވަނީ ކޮށްފައި ކަމަށެވެ.

އެގޮތުން ޖުމްލަ 355 ކޮޓަރީގެ ހޮޓަލުގެ ހުރިހާ ކޮޓަރިއަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ނިމިދިޔަ ރަމަޟާން ޢުމްރާއަށްފަހު މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވަނީ ހޮޓަލުގެ ވެރިފަރާތުގައި އެދިގެން މި ބަދަލުތައް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފަ އެވެ.

މީގެ އިތުރުން ހޮޓަލުގެ ލޮބީ އޭރިއާއަށްވެސް ބަދަލުތަކެއް ގެނެސްފައިވެެެ އެވެ. އެގޮތުން ޙާޖީން މަޑުކޮށްލައިގެން ތިބުމަށް ސޯފާތައް ވަނީ އައުކޮށްފަ އެވެ. އަދި ޙާޖީންނަށް ދީނީ އަދި އެނޫންވެސް އިރުޝާދުތައް ދިނުމަށް ކޮންފަރެންސް ހޯލެއްވެސް މިހާރުވަނީ ހޮޓަލުގައި ޤާއިމްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް