ކީރިތި ގުރުއާން ހިތުދަސްކުރި ހަ އަހަރުގެ ޔޫސުފަށް ޕާކިސްތާނުގެ ސަފީރުގެ ފަރާތުން ލެޕްޓޮޕެއް!
އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފު ބިން މާޒިން އަށް ޕާކިސްތާނުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަސީމު އަކުރަމު ލެޕްޓޮޕެއް ހަދިޔާކުރައްވައިފިއެވެ.
ރ. އިނގުރައިދޫ އުދަރެސް، ޔޫސުފް ބިން މާޒިންއަކީ ދޮންދޫނި ލިޓްލް ލާނާސް ޕްރީ ސުކޫލުގެ ޔޫކޭޖީގައި ތައުލީމް ހާސިލު ކުރަމުން ދިޔަ ދަރިވަރެކެވެ.
ޔޫސުފުގެ ބައްޕަ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެންނެވެ. ބޭބީ ނާސަރީގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި 2 ފޮތް ދަސްކުރި އެވެ. އަދި އެލްކޭޖީގައި ފަސް ފޮތް ދަސްކޮށް، މިއަހަރު ޔޫކޭޖީގައި 22 ފޮތް ޔޫސުފު ދަސްކުރިއެވެ.
ވަރަށް ތުއްތު އިރު ކީރިތި ގުރުއާން ހިތުދަސްކުރުމުން އެކަމަށް ހިތްވަރު ދެއްވައި އަގުވަޒަންކުރުމުގެ ގޮތުން ޕާކިސްތާނުގެ ސަފީރު ވަސީމު ވަނީ ޔޫސުފާއި އޭނާގެ އާއިލާއާ ބައްދަލުކުރައްވައިފައެވެ.
ޔޫސުފަށް ލެޕްޓޮޕް ހަދިޔާ ކުރައްވާފައިވަނީ ރާއްޖޭގައިހުރި ޕާކިސްތާނު އެމްބަސީގައި ޔޫސުފްގެ އާއިލާ އާއި އެކު އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.
ވަސީމުގެ އިތުރުން ޔޫސުފަށް ހިތްވަރުދެއްވައި، އެކަމުގެ އަގުވަޒަންކޮށް ރައީސްލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ވަނީ ޔޫސުފާއި ޔޫސުފުގެ އާއިލާއާއި ބައްދަލުކުރައްވާފައެވެ.
ޔޫސުފަކީ ރާއްޖޭގައި މިހާތަނަށް އެންމެ ޅައުމުރުގައި ގުރުއާން ހިތުދަސްކުރި ފުރަތަމަ ކުއްޖާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް