ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ
ގާނޫނީ ފަންނުގެ ބިލުން އުފައްދާފައިވާ ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މާލެއާއި އައްޑޫސިޓީގައި މިއަދު ހަވީރު ފަހެއް ޖެހުމާއި ހަމައަށެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް މާލޭގެ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިޚާބީ މަރުކަޒުގައި ދެ ވޯޓު ފޮށި ބަހައްޓާފައިވާއިރު އައްޑޫގެ ޝަރަފުއްދީން ސްކޫލުގައިވެސް އެއް ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ދެބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ނާއިބު ރައީސުންގެ މަގާމަށްވެސް ދެބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
އަދި އެގްޒެކެޓިވް ކޮމެޓީގެ މެންބަރުކަމަށް 19 ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް