ފުލުހުންގެ އެލާޓް ސްޓޭޓަސް ބަދަލެއް ނުވޭ!
މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެލާޓް ސްޓޭޓަސްއަށް ބަދަލެއް ނާންނަކަމަށް އެފަރާތުން ބުނެފިއެވެ.
ވޮއިސްއަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އެލާޓް ސްޓޭޓަސްެއެއް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށާއި، ނަމަވެސް ވައްކަމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން މާލެ ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން މިމަހުގެ 22ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ.
ފުުލުހުން ބުނީ ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި މާލެ ސިޓީގައި ތަންކޮޅެއް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވުމުންނާއި އަދި ކުރިއަށް އޮތް އައު އަހަރަށް ކުށް މަދުކުރުމުގެ ގޮތުން، މި އޮޕަރޭޝަން ފަށާފައިވަނީ ރަށުތެރެ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރުމާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރުން ހިމެނޭނެކަމަށް ވަނީ ބުނެފައެވެ.
ފާހަަގަކޮށްލެވޭ ގޮތުގައި މިރޭ 19:00އިން ފެށިގެން އެމްއެންޑީއެފް ވަނީ ޔެލޯ އެލާޓަށް އައިސްފިއެވެ.
އެ ނޫސް ބަޔާނުގައި ބުނީ 24 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 19:00 ން ފެށިގެން ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލުކުރެވޭނެކަމަށެވެ.
އެހެންކަމާއިއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށް ވަނީ ބުނެފައެވެ.
މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް