ޕެރަ އެތްލީޓް ފާތިމަތު އިބްރާހީމް: ފޮޓޯ/ ފާތުން
ޕެރަ އެތްލީޓް ފާތިމަތު އިބްރާހީމް: ފޮޓޯ/ ފާތުން
ކުޅިވަރު 15 Sep 2024 | 04:53

ގައުމީ ޕެރަ އެތްލީޓް ފާތިމަތު އިބްރާހީމް އަންހެން ގައިޑް ރަނާއެއް ހޯދަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ގައުމީ ޕެރަ އެތްލީޓް ފާތިމަތު އިބްރާހީމް އޭނާގެ ކުރިއަށް އޮތް މުބާރާތްތަކަށް އަންހެން ގައިޑް ރަނާއެއް ހޯދުމަށް މަސައްކަތް ފަށައިފިއެވެ.

ފާތުން އިއްޔެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ހޮވޭ ގައިޑް ރަނާއަށް ސަރުކާރުން ގައުމީ އެތްލީޓުންނަށް ދޭ އެލަވަންސާއި އެހެނިހެން އެތްލެޓިކް ފައިދާތައް ލިބޭނެ ކަމަށެވެ.

އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ހޯދުމަށް އޭނާއަށް ފޭސްބުކުން މެސެޖު ކުރުމަށްވެސް އެދިފައިވެއެވެ.

"މިކަމަށް ޝައުގުވެރިވާ ބޭފުޅުން ނުވަތަ މިފަދަ މީހަކު ދަންނަ ބޭފުޅުން ވާނަމަ، އަހަރެންނަށް ފޭސްބުކުން މެސެޖު ކުރުމަށް އެދެން. އުފަލާއެކު އިތުރު މަޢުލޫމާތު ހިއްސާކޮށްދޭނަން،" ފާތިމަތު އިބްރާހީމް ބުނެފައިވެއެވެ.

ފާތިމަތު އިބްރާހީމަކީ ރާއްޖޭގެ ނަން މަޝްހޫރުކޮށްދީފައިވާ ޕެރަ އެތްލީޓެކެވެ. އޭނާ ވަނީ ޕެރަލިމްޕިކް ގޭމްސްގައި ދެފަހަރެއްގެ މަތީން ވާދަކޮށްފައެވެ. އެގޮތުން މީގެކުރިން 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ޓޯކިއޯ 2020 ޕެރަލިމްޕިކް ގޭމްސްގައި ފާތިމަތު އިބްރާހީމް ދިވެހި ގައުމު ތަމްސީލް ކޮށްދީފައިވާއިރު، މި އަހަރު ޕެރިހުގައި ބޭއްވި ޕެރަލިމްޕިކްސްގައިވެސް ބައިވެރިވެ، ޕާރސަނަލް ބެސްޓް ހަދައި، ހީޓުގެ ތިންވަނަ ހޯދައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް