ކަންގްނާގެ "ޕަންގާ" ރިލީޒް ކުރަނީ އަންނަ ޖެނުއަރީ މަހުގައި
ކަންގްނާ ގެ ފިލްމު "ފަންގާ"ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.
"މަނިކަރުނިކާ" އަށްފަހު ދެން އެންމެ އަވަހަށް ކަންގްނާ ރަނައުޓް ފެނިގެންދާ ފިލްމު "ފަންގާ" ރިލީޒްކުރާނެ ދުވަސް އެނައުންސް ކޮށްފައިވަނީ ބްރާސްފަތި ދުވަހުގައެވެ. "ފަންގާ"ގައި ކަންގްނާ ފެނިގެންދާނީ ކަބައްޑީ ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިފިލްމުގެ މުހިއްމު ރޯލަކުން ޖެއްސީ ގިލް، ނީނާ ގުޕްތާ އަދި ރީޗާ ޗިއްޑާ ފެނިގެންދާނެއެވެ.
މިފިލްމު ރިލީޒްކުރާނެ ދުވަސް އިއުލާންކޮށްފައިވަނީ އެފިލްމުގެ ޑައިރެކްޓާރ އަޝްވިނީ އައްޔަރު ތިވާރީއެވެ. އެފިލްމު ރިލީޒްކުރާނެ ކަމަށް އޭނާ ބުނެފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ސައުވީސް ވަނަ ދުވަހުގައެވެ.
އެފިލްމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށް ވެސް އަޝްވިނީ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް