ޕްލާސްޓިކް މަނާކުރަން މަޖިލީހުން ގަރާރެއް ފާސްކޮށްފި
2025 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހުރިހާ ބާވަތެއްގެ ޕްލާސްޓިކް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕްލާސްޓިކު މަނާކުރުމަށް ގަރާރު ހުށަހަޅައިފައިވަނީ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީންނެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެ، މިދިޔަ ޖޫންމަހުގެ23 ގައިވަނީ މާލޭ ސުކޫލުތަކުގެ ކުދިން މަޖިލީހަށް އިލްތިމާސެއް ހުށަހަޅާފައެވެ.
މިގަރާރު ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ވޯޓުންނެވެ.
އެގަރާރުގައި 150 އަދި 500 ލިޓަރުގެ ފެންފުޅި އުފެއްދުން މަދު ކުރުމަށާއި މަނާކުރަން ފާސްކުރި އެވެ. އަދި ސުޕާރީ ޕެކެޓާއި ޕްލާސްޓިކް ހޮޅި ފަދަ ތަކެތި މަނާ ކުރުމުގެ އިތުރުން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް ހޯދައި ސަބްސިޑައިޒް ކުރަން ޖެހޭނެ ކަމަށްވެސް ގަރާރުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް