ތެރެސާ މޭ ކޮންޒަވޭޓިވުންގެ ލީޑަރކަމުން އިސްތިއުފާދެނީ
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ، ވެރިކަންކުރާ ޕާޓީ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާދެއްވާނެކަން ހާާމަކުރައްވައިފިއެވެ.
މީޑިޔާތަކުގެ ކުރިމަތީގައި ވާހަކަފުުޅު ދައްކަވަމުން މޭ ވިދާޅުވީ ޖޫންމަހުގެ ހަތްވަނަ ދުވަހު ޕާޓީގެ ލީޑަރކަމުން އިސްތިއުފާދެއްވާނެކަމަށާއި، އަދި އަންނަ ހަފްތާގައި ޕާޓީގެ އާ ލީޑަރެއް ހޮވާނެކަމަށެވެ.
ކޮންޒަވޭޓިވުންގެ ލީޑަރކަމުން މޭ އިސްތިއުފާާދެއްވުމުން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމުންވެސް މޭ ވަކިވާނެއެވެ.
އެކަމަނާ އިސްތިއުފާާދެއްވަން ނިންމެވީ ބްރެކްޒިޓްގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި، އެކަމަނާގެ ތާއިދު ވަރަށް ބޮޑަށް ގެއްލިފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް