ފޮތުގެ ބޭރު ކަވަރ
ފޮތުގެ ބޭރު ކަވަރ
ލައިފްސްޓައިލް 12 Sep 2026 | 07:27

ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޢާލިމް އަބްދުއްލަތީފްގެ މޯޓިވޭޝަނަލް ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.

ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ. އެ ގޮތުން ދީނީ ނަޒަރަކުން އެފަދަ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތަކާއި ބައެއް ނަބީބޭކަލުންގެ ވާހަކަތަކުން ލިބޭ ޢިބުރަތް ވެސް ފޮތުގައި ހިމަނައިފައިވެއެވެ. ސީދާ ކިޔުންތެރިޔާއާ މުޚާޠަބުކޮށް އާދައިގެ ފަސޭހަ ބަހުރުވައަކުން ލިޔެފައިވާ މި ފޮތް އިފްތިތާޙުކުރުމުގެ ތައްޔާރީތައް މިހާރު ކުރިއަށް ގެންދާ ކަމަށާއި އެ ކަމުގެ ތަފްޞީލު ފަހުން ހާމަކުރާނެ ކަމަށް ފޮތް ނެރޭ ފަރާތުން ބުނެފައިވެއެވެ.

މި ފޮތް ޕްރީއޯޑަރަށް ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ ރެއެވެ. މި ފޮތް ގަތުމަށް aalim.nukutha.mv މެދުވެރިކޮށް ނުވަތަ 7858092 އާއި 7535164 އަށް ގުޅައިގެން އެދެވޭނެއެވެ. ޕޭޕާ ބެކް ކޮޕީއެއް ވިއްކާ އަގަކީ 499 ރުފިޔާއެވެ. ހާޑްކަވަރު ކޮޕީއެއް 649 ރުފިޔާއަށް ލިބޭއިރު އިތުރު 50 ރުފިޔާ ދައްކައިގެން މުސައްނިފުގެ ސޮއި ހިމެނޭ ގޮތަށް ވެސް ހޯދޭނެއެވެ. މިއީ 450 އަށްވުރެ ގިނަ ޞޮފުޙާ ހިމެނޭ ފޮތެކެވެ.

ފޮތް ގަންނަ ފުރަތަމަ 3000 މީހުންގެ ތެރެއިން ނަސީބުވެރި އެކަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ނިންމާފައެވެ. ޢުމްރާ ދަތުރުގެ އިތުރުން ވެސް އެ 3000 މީހުންގެ ތެރެއިން ނަސީބުވެރިންނަށް ތަފާތު އެކި އިނާމުތައް ދިނުމަށް ރާވާފައިވާ ކަމަށާއި އެ ކަމުގެ ތަފްޞީލު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ފޮތް ނެރޭ ފަރާތުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް