މޯލްޑިވިއަންގެ އިސް މަގާމަކަށް މޫސާ ވަސީމް
ދިވެހިރާއްޖޭގެ ގައުމީ އެއަރލައިންކަމުގައިވާ މޯލްޑިވިއަންގެ އިސްމަގާމަކަށް މަޝްހޫރު ޓީވީ ޕްރެޒެންޓަރ މޫސާ ވަސީމް ހަމަޖައްސައިފިއެވެ.
މޫސާ ވަސީމް މޯލްޑިވިއަންއާއި ގުޅުނުކަން އެ އެއަރލައިންގެ ފަރާތުންވަނީ ޓްވިޓަރ މެދުވެރިކޮށް ޔަގީންކޮށްދީފައެވެ.
އޭނާ މޯލްޑިވިއަންއާއި ގުޅިފައިވަނީ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރެއްގެ ގޮތުންނެވެ. މޫސާ ވަސީމްއަކީ ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެކެވެ.
މޫސާ ވަސީމް މިހާތަނަށް ހުރީ އައިސް ޓީވީ ޗެނަލްގެ ސީއޯއޯގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް