މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދީން 23 Apr 2025 | 17:04

ޑރ. ބުދައިރު ގޮވާލެއްވީ ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަށް

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއް ކަމަށް ކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަސޭހަތްތަކެއް ދެއްވާފައި ކަމަށް އިސްލާމިމް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އިމާމުންނަކީ މުޖުތަމައު ބަލައިގަންނަ ނަމޫނާ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް ކަމަށާ މީހުންނަށް ހެޔޮ، އަދި ހެޔޮކަންކަން ފަތުރާ ބަޔަކަށް ވުމަކީ މުހިއްމު ކަމެއް ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން އިމާމުންގެ މާތްކަމާއި، މުޖުތަމައު ފިތުނަވާ ފަދަ ވާހަކަތައް ދެއްކުމާއި އެފަދަ ކަންކަން ނުކުރުމަށް ވަނީ ނަސޭހަތްތެރިވެލައްވާފަ އެވެ.

އަދި އިލްމު ހޯދުމަކީ އިމާމުން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށާ ނަމާދާއި ގުޅޭ ހުކުމްތަކާއި ދީނުގެ އެކި ހުކުމްތައް އެންމެ ފުރިހަމައަށް އުނގެނުމަކީ މުހިއްމު ކަމެއް ކަމެއްކަން ފާހަގަކުރައްވާ ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ޑރ. ޞަލާޙުލް ބުދައިރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މީގެ އިތުރުން މީސްމީޑިއާ ފަދަ ވަސީލަތްތައް ބޭނުން ކުރާއިރުވެސް އިމާމުންގެ ހައިސިއްޔަތާއި ނުގުޅޭ ކަންކަން ހިއްސާކުރުމާއި، ކޮމެންޓު ކުރުން ފަދަ ކަންކަމުން ދުރުވުމަށް ވެސް އިލްމުވެރިންނަށް ނަސޭހަތްތެރި ވެލައްވާފައިވެ އެވެ.

އަދި ކަމާއި ބެހޭ އިދާރާތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށާއި، އިމާމުކަމާއި ހަތީބުކަމުގެ މަސްއޫލިއްޔަތަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާ އެ މަސްއޫލިއްޔަތު ވީހާވެސް ރަނގަޅަށް ފުރިހަމަ ކުރުން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ
12 Oct 2026 ހަބަރު

ކިޔޫއިން ޖާގަ ލިބުނުތާ ތިން އަހަރުވެފައިވާ، 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް 1448 ވަނަ އަހަރު ޙައްޖުވުމަށް ފުރުސަތު ދެނީ

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފައިސާ ދައްކައި، ޙައްޖު ކިއުއިން ޖާގަ ލިބުނުތާ 3 އަހަރުވެފައިވާ ޢުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް، ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ޙައްޖުގެ އަޅުކ...

ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
09 Oct 2026 ހަބަރު

ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ

ވިލިމާލޭގައި 'މަސްޖިދުއްސަލާމް' މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ އަޅައިފި އެވެ. މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލ...

ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
08 Oct 2026 ހަބަރު

ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ

ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮށްނަކަމުގެ މައުލޫމާތު ވެސް ބައެއް ފަހަރު ލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ހުކުމް ބަޔާންކޮށް ދެއްވާ އެފަދަ ކަންކަމުން ދުރުވުމަށް އިސްލާމީކަންތަ...

މުދަލު ޒަކާތުގެ ގޮތުގައި 109 މިލިއަން، މިދިޔަ އަހަރަށްވުރެ 2.6 އިންސައްތަ އިތުރު
02 Oct 2026 ހަބަރު

މުދަލު ޒަކާތުގެ ގޮތުގައި 109 މިލިއަން، މިދިޔަ އަހަރަށްވުރެ 2.6 އިންސައްތަ އިތުރު

މި އަހަރުގެ މިހައި ތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް ޢަދަދު، މިދިޔަ އަހަރު ލިބުނު ޖުމުލަ ޢަދަދަށް ވުރެ އިތުރުވެއްޖެ އެވެ. އެގޮތުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް 109.26 މިލިއަން ދިވ...

ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
24 Sep 2026 ހަބަރު

ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް އިސްމާޢީލް އިޒުޢާން އިބްރާހީމް، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟްއަށް ހޯދައިފި އެވެ. ޙާފިޡުގެ ގޮފިން، މުޅި މ...

މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
24 Sep 2026 ހަބަރު

މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުލްޙަރާމްގެ އިމާމު އަދި ޚަތީބު ފަޟީލަތުއްޝައިޚު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިކަން އިއުލާނު ކުރެއްވީ، މިރޭ ބޭއްވި ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައ...