ސޮފްވާން ބްރޯޑްކޮމްއިން ވަކިކުރުމަށް ފޮނުވުމަށް ނިންމައިފި
ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރުކަމުން އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު ސޮފްވާން ވަކިކުރުމަށް ފޮނުވުމަށް ފާސްކޮށްފިއެވެ.
ސޮފްވާން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީންނެވެ.
އެބޭފުޅާ މަގާމުން ވަކި ކުރަން ކޮމިޓީއަށް ހުށަހެޅުއްވީ، ގަލޮޅު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.
ސޮފްވާން އެ ކޮމިޝަންގެ މެންބަރުކަމުން ވަކިކުރަން ނިންމީ، އޭނާ ކޮމިޝަންގެ މަސައްކަތްތަކަށް ނުނިކުންނަވާތީ އެވެ.
ސޮފްވާން ކޮމިޝަންގެ މަސައްކަތްތަކަށް ނުނިކުންނަވާތާ އަށް މަސް ވަނީ ވެފަ އެވެ. ސޮފްވާން މަސައްކަތަށް ނުނިކުންނަވަން ފެއްޓެވީ ކޮމިޝަންގެ ރައީސް ޝަހީބަށް ބިރުދެއްކި މައްސަލައެއް ފެންމަތިވުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް