އަންހެން ހެދުން އަޅައިގެން ވައްކަންކުރަން އުޅުނު ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް!
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަންހެން ހެދުން އަޅައިގެން ވައްކަންކުރަން އުޅުނު ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭގެ ވަގުތެއްގައި ގެންގޮސްފިއެވެ.
ފުލުހުން ބުނީ މާވެޔޮމަގު ކަންމަތީގައި ސިފަބަދަލުކޮށްގެން ވައްކަންކުރަން އުޅުނު ދެ ފިރިހެނަކު، ފުލުހުންގެ ބެލުމުގެ ދަށަށް ރޭ 02:29 ހާއިރު ގެންގޮސްފައިވާކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެމީހުންތިބީ އަންހެން ހެދުން ލައިގެންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ.ވާދޫ، ލިލީގޭ އުމުރުން 46 އަހަރުގެ މުހައްމަދު ޞަބާހް އާއި ށ.މިލަންދޫ ސޯސަންގޭ، އުމުރުން 42 އަހަރުގެ މުހައްމަދު ނައުޝާދު ކަމަށެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާކަމަށެވެ. މި މައްސަލަ ފުލުހުން މިހާރުދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް