އަމީނިއްޔާ ދަރިވަރުންގެ އައިންތު މިސް ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މ. މިރުސްދަސްގޮށުގޭ އައިމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެ އެވެ.
އައިންތު މިސް ނިޔާވީ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.
ތައުލީމީ ދާއިރާއަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އެތައް ދަރިވަރުންނެއްގެ އައިންތު މިސް ނިޔާވުމާއި ގުޅިގެން އެތައް ބަޔަކު ދަނީ ހިތާމަ ފާޅު ކުރަމުންނެވެ.
އައިންތު މިސް އެންމެ ގިނަ ދުވަހު މަސައްކަތް ކުރީ އަމީނިއްޔާ ސުކޫލުގަ އެވެ. އެއީ ވަރަށް މޮޅު ދިވެހި މުދައްރިސެކެވެ. އައިންތު މިސް އަކީ ރާއްޖޭގައި އެންމެ ފުރަތަމަ ސެކަންޑަރީ ދިވެހި ޓީޗިންނާއި ދިވެހި ބަހުގެ ބެެޗެލާސް ޑިގްރީ ހެދި ފުރަތަމަ ބެޗުގައި ހިމެނުނު މުދައްރިސެކެވެ.
އެންމެ ފަހުން އޮތް މަޖިލީސް އިންތިހާބުގައި އައިންތު ނިސްބަތްވާ މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް