މަޖިލީހުގެ ރައީސް އަބްދުއްރަހީމް، އައިޕީޔޫގެ ބައްދަލުވުމަކަށް ޖެނީވާއަށް ވަޑައިގެންފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ، ޖެނީވާ އަށް ފުރާވަޑައިގެންފިއެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ބުނީ، އަބްދުއްރަހީމް ޖެނީވާ އަށް ވަޑައިގަތީ، އިންޓަ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 149ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މި ދަތުރާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މަޖިލިސް އިދާރާ އިން ހާމަކޮށްފައެއް ނުވެއެވެ.
މިމަހުގެ 13ވަނަ ދުވަހުން ފެށިގެން 17ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އައިޕީޔޫގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ މަޖިލިސް މެމްބަރުން، ސައިންސާއި ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ އެހީގައި މިހާރަށްވުރެ ސުލްހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް