N/A
N/A
ހަބަރު 01 Jul 2019 | 11:35

ޑރ.ޖަމީލު ރައީސް ސޯލިހަށް: ލުތުފީ ފިލުވައިދ ދިނުމަށް ވާގިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްދެއްވާ!

ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެ ބޮޑު ބާޣީ، ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުރި ދިވެހި އެމްބަސީގައި ފިލުވައިގެން ގެންގުޅޫމުގައި ވާގިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، މިނިވަން ތަހުގީގެއް ހިންގުމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވައިލައްވައިފިއެވެ.

ޑރ. ޖަމީޅު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ލުތުފީ، ވީ އެންމެ އަވަހަކަށް ރާއްޖެ ގެނެސް ހުކުމް ތަންފީޒުކޮށް، އަދި އޭނާ ފިލި މައްސަލަ ރަނގަޅަށް ތަހުގީގުކޮށް، ލުތުފީ ފިލުވި މައްސަލައިގައި އޭނާއަށް ވާގިވެރިވެދިން އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާކަމަށެވެ.

އަދި ޑރ. ޖަމީލުގެ ބަޔާނުގައި ވަނީ، ދިވެހި ދައުލަތާއި ގައުމުގެ ސިޔާދަތާއި އިސްތިގުލާލާއި ދިވެހީންގެ މަތިވެރި އިސްލާމީ ވަހުދަތާއި ދެކޮޅަށް ލުތުފީ ހިންގި ބޮޑުވެގެންވާ ޖަރީމާގެ ސަބަބުން ޝަހީދުވެގެން ދިިޔަ 19 ދިވެހީންގެ އާއިލާތައް މިއަދާ ހަމައަށް ވެސް އެ ހިތާމަ ތަހައްމަލު ކުރަމުން ގެންދާ ކަމަށެވެ.

އަދި އެފަދަ ބޮޑު ޚާއިނެއް ފިލުމުގެ ފުރުސަތު ދިނުމާއި ނުވަ އަހަރު ވެގެން ދިޔަ އިރު ވެސް އޭނާ ހޯދައިގެން އަނބުރާ ރާއްޖެ ގެނެވިފައި ނެތުމަކީ، އެކަން ހިނގައިދިޔަ ގޮތް ރަނގަޅަށް ތަހުގީގު ކުރެވި އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެވެން ޖެހޭނެ ކަމެއް ކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ.

ޑރ. ޖަމީލުގެ ބަޔާނުގައި ލުތުފީ ދިވެހި އެމްބަސީގައި ފިލުވި މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވިދާޅުވީ، ދިވެހި އެމްބަސީއަށް ގޮސް އޭނާ ދިވެހި ސަރުކާރުގެ ފަރާތްތަކާ ހަވާލުވިފަހުން ދެމަސްދުވަސް ވެގެން ދިޔަ އިރު ވެސް ދިވެހި ސަރުކާރުގެ ފަރާތުން އެކަން ސިއްރުކޮށްގެން އުޅުމަކީ މި ކަމުގައި ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭކަމެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަދިހަމަ ލުތުފީ ދިވެހި ރާއްޖޭގެ އެމްބަސީއަށް ދިޔަ ކަމަށް ބުނާ ތާރީޚާއި މެދު ދައުލަތުގެ އެކި އިދާރާތަކުން އެކިގޮތަށް ބުނަމުން ގެންދިއުމަކީ ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދާ ކަމެއް ކަމަށް ވެސް ޑރ. ޖަމީލު ނެރުއްވި ބަޔާނުގައި ވެއެވެ.

ޑރ. ޖަމީލު ވިދާޅުވީ ފިލައިގެން އުޅޭ ކުށްވެރިޔަކަށް އެހީތެރިވެދިނުން ނުވަތަ އޭނާ ފޮރުވައިދިނުމަކީ ގާނޫނީ ކުށެއް ކަމަށެވެ. ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވައިގެން ހުންނެވި ހުވަޔާއި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ތަކާއިވެސް ހިލާފު ކަމެއް ކަމަށް ބަޔާޏުގައި ވެއެވެ.

އަދި އެމައްސަލައިގައި ލުތުފީ އެމްބަސީގައި ދިރިއުޅުމާއި މިހާތަނަށް އައިއިރުވެސް ރާއްޖެ ގެނައުމަށް ނުކުޅެދިފައިވާ ސަބަބުތައް ބަލައި ދިވެހި ފުލުހުންނާއި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ޑރ. ޖަމީލުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ލުތުފީ އިސްވެ ހުރެ، 3 ނޮވެންބަރަު 1988 ގައި ރާއްޖޭގައި ހިންގި ޓެރަރިސްޓަ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވެއެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވަނީ އެހުކުމް ލުއިކޮށްދެއްވައި އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ. އޭގެ ފަހުން ލުތުފީ ޖަލުގައި ހުރި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ޖެނުއަރީ 16 ގައި ލުތުފީ ޖަލުން ނެރެ ބޭސްފަރުވާއަށް ލަނަކާއަށް ފޮނުވާލި ފަހުން އޭނާ ލަންކާގައި އުޅެމުންދިޔައީ ފިލައިގެންނެވެ. ލުތުފީ ލަންކާޣއި ހުރި ދިވެހި އެމްބަސީގެ ހިމާޔަތް ހޯދާފައިވަނީ ލަންކާގައި ހިންގި ޓެރަރިސްޓް ހަމަލާގައި ބޮންގި ދުވަހުގެ ކުރީ ދުވަހު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އޭގެ ފަހުން އަދިވެސް ލުތުފީ ހުރީ ދިވެހި އެމްބަސީގައި ވަޒީރުންގެ ފެންވަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...