ރާއްޖެއިން އދ.ގެ މުހިންމު ގަރާރުތަކެއް ސްޕޮންސަރކޮށްފި
ނިމިދިޔަ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 40 ވަނަ ސެޝަންގައި ރާއްޖެއިން މުހިންމު ގަރާރުތަކެއް ސްޕޮންސަރކޮށްފިއެވެ.
ރާއްޖެއިން ސްޕޮންސަރ އަދި ކޯ ސްޕޮންސަރ ކުރި ގަރާރުތަކުގެ ތެރޭގައި ސީރިއާ، މިޔަންމާ، އަދި ޕަލަސްތީންގައި ހިނގާ ލާއިންސާނީ އަމަލުތައް ހުއްޓުމަށް ގޮވާލާ ޤަރާރުތަކާއި، ކުޑަކުދިންގެ ހައްޤުތަކާއި، ޑިމޯކްރަސީ އަދި އިންސާނީ ހައްޤުތަކާއިގުޅޭ ޤަރާރުތައް ފާހަގަކުރެވެއެވެ.
އަދި، ކައުންސިލްގައި ހަވާސާގައި ބޭއްވުނު، ސައިޑް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެއިން ބައިވެރިވިއެވެ. އަދި އެހެން ސެޝަންތަކާއި ހިލާފަށް ރާއްޖެއިން އަލަށް މިފަހަރު ކޯ ސްޕްންސާރ ކުރި ޤަރާރުތަކުގެ ތެރޭގައި ހިމެނެނީ؛ ތިމާވެއްޓާއި ގުޅޭ ހިއުމައުން ރައިޓްސް ޑިފެންޑާސްއިން ދެމެހެއްޓެނެވި ތަރައްޤީއާއި ތިމާވެށި ހިމޔާތްކުރުމަށް ކުރާ މަސައްކަތަކާ ގުޅޭ ޤަރާރަކާއި، ޑިމޯކްރެޓިކް ރިޕަބްލިކް އޮފް ކޮރެއާގެ އިންސާނީ ހައްޤުތަކާއި ބެހޭ ޤަރާރަކާއި، ކުޑަކުދިންގެ ހައްޤުތަކާއި ގުޅޭ ޤަރާރު ފާހަގަ ކުރެވެއެވެ.
އަދި، ދިވެހިރާއްޖޭގެ މިޝަންއާއި، ޖެނީވާގައި ހުންނަ ނެދަރލޭންޑްސް މިޝަންނާއި، އިނގިރޭސިލިލާތުގެ މިޝަންއާއި، ޔުނިވާސަލް ރައިޓްސް ގްރޫޕާ ގުޅިގެން ސިޑްސް/އެލްޑީސީ ޓްރަސްޓް ފަންޑްގެ ދަށުން މި ފަހަރުގެ ސެޝަންގައި ބައިވެރިންނަށް ހާއްސަ ކޮށްގެން ބޭއްވުނު ރިސެޕްޝަނެއް ރާއްޖެއިން ކޯ ހޮސްޓް ކުރިއެވެ.
އަދި، މި ސެޝަންގައި ދިވެހިރާއްޖެއިން 2 ޖޮއިންޓް ސްޓޭޓްމަންޓެއް ހުށަހަޅައިދިނެވެ. އޭގެ ތެރޭގައި އަލަށް ޤާއިމްކުރެވުނު 14 ޤައުމުއެކުލެވޭ ހިއުމަން ރައިޓްސް ކައުންސިލް މެމްބާޝިޕް ކޮންޓެކްޓް ގްރޫޕުގެ ފަރާތުން ކުދި ޤައުމުތަކުން ކައުންސިލްގެ މެމްބަރުކަން ކުރުމަށް ބާރުއަޅާ ސްޓޭޓްމަންޓްއަކާއި، ޖެނީވާގައި ހުންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ގްރޫޕެއްގެ ފަރާތުން މަލްޓިލެޓަރަލް ފޯރަމްތަކުގައި މިހާރަށްވުރެ ފުރިހަމަ ރޯލެއް އަދާ ކުރެވެންވާނެ ކަމަށް ބާރުއަޅުމުގެ ގޮތުން ދިން ސްޓޭޓްމަންޓް ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭއަކީ މި ދެ ގްރޫޕުގެ ވެސް މެމްބަރުންނެވެ.
40 ވަނަ ކައުންސިލް ސެޝަންގެ 'ހައިލެވެލް ސެގްމަންޓް' ކުރިއަށް ދިޔައީ 25 ފެބްރުއަރީ 27 ފެބްރުއަރީގެ ނިއަލަށެވެ. މިގޮތުން، ދިވެހިރާއްޖޭއިން ބައިވެރިވި ވަފުދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް