އިޓަލީގެ އައިޑާ ކްރޫޒްލައިނުން މާލެއަށް 2،139 ފަތުރުވެރިން ޒިޔާރަތްކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކްރޫޒްލައިނާތަކުން އަންނަ ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ޖީއެސްޓީ ނެގުމުގެ އުސޫލު އިސްލާހު ކުރިފަހުން ރާއްޖެއައި ފުރަތަމަ ކްރޫޒްލައިނާއިން ދެހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އިޓަލީގެ އައިޑާ ކްރޫޒް ލައިނާއިން މާލެ ފޭބުމަށް 2،139 ފަތުރުވެރިންނަށް ކްލިއަރަންސް ދީފައިވާކަމަށެވެ. މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ އޮމާންގެ މަސްކަޓުންނެވެ.
އިމިގްރޭޝަނުން ބުނީ އައިޑާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ކްލިއަރަންސް ދީފައިވަނީ މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އާއްމުކުރި އެ ގަވާއިދުގައިވާގޮތުން ކްރޫޒްލައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ ކޮންމެ ދުވަހަކަށް 16 އިންސައްތަ ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހެއެވެ. މިކަމާ ގުޅިގެން ކްރޫޒްލައިނާގެ ދަތުރުތައް ރާވާހިންގާ ފަރާތްތަކުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އޭރު ރާއްޖެ އަންނަން ތާވަލުކުރި ބައެއް ކްރޫޒްލައިނާތަކުގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.
ފަހުން ޓޫރިޒަމް ސިނާއަތުގެ ކަންބޮޑުވުމާއެކު މި ސަރުކާރުން ވަނީ އެ ގަވާއިދު ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް