އަންނަ އަހަރުގެ ތެރޭގައި ޝަރީފް އީސީން އިސްތިއުފާދެއްވަނީ
އަންނަ އަަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ނިންމަވައިފިއެވެ.
އެބޭފުޅާ މިކަން އިއުލާންކުރައްވާފައިވަނީ ޕީއެސްއެމްއަށް ދެއްވި އެކްސްކުލޫސިވް އިންޓްވިއުއެއްގައެވެ.
ޝަރީފް ވިދާޅުވީ އީސީގެ މެންބަރުކަމުން އެބޭފުޅާ އިސްތިއުފާ ދެއްވަނީ އެ މަގާމުގައ ހުންނަވައިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައި ނުގެންނެވޭތީ ކަމަށެވެ.
ޝަރީފް މީގެ ކުރިން ފާހަގަކުރެވިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޝަރީފް ވަނީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީކަންވެސް ކުރައްވާފައެެވެ.
ތައުލީމީ ދާއިރާގައި ކުރިން ހަަރަކާތްތެރިވެ ވަޑައިގެންނެވި ޝަރީފް ވަނީ މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ ގޮނޑިވެސް ފުރުއްވާފައެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ މައްސަލައަށްފަހު ޝަރީފާއި ޕީޕީއެމްގެ ގުުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް