އެންމެފަހުން ހައިވޭގެ ޑިވައިޑަރތައް ކޮންކްރީޓަށް ބަދަލުކުރަނީ
ސިނަމާލެ ބްރިޖާާއި ހުޅުމާލެ ގުޅުވާލަދޭ ހަލިމަގު ނުވަތަ ހައިވޭގެ ދެފަރާތްތައް ވަކިކުރުމަށް ބަހައްޓާފައިވާ ޑިވައިޑަރތައް ކޮންކްރީޓް ޑިވައިޑަރތަކަށް ހެދުމަށް އެޗްޑީސީން ނިންމައިފިއެވެ.
މީޑިޔާާތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ސުހެއިލް ވިދާޅުވީ މިހާރު ބަހައްޓާފައިވާ ލަކުޑި ޑިވައިޑަރ ތަކުގެ ބަަދަލުގައި އެހެން ޑިވައިޑަރތަކެއް ބަހައްޓަން ފުލުހުން އެދިފައިވާ ކަމަށެވެ.
އެހެންކަމުން ދެން ހައިވޭގައި ހުންނާނީ ކޮންކްރީޓް ޑިވައިޑަރތަކެއްކަމަށް ސުހައިލް ފާހަގަކުރެއްވިއެވެ.
އަދި އެކްސިޑެންޓްވާ މީހުންގެ އަތުން ޑިވައިޑަރތަކުގެ ބަދަލު ނެގުމަށް ނިންމާފައިވާކަމަށް ސުހައިލް ވިދާޅުވިއެވެ.
ހައިވޭ މަތީގައި ހިނގާ އެކްސިޑެންްޓްތަކުގެ ސަބަބުން ގިނަ ފަހަަރު މަތިން ޑިވައިޑަރތައް ފުނޑު ފުނޑުވެ ބަދަލުކުރަން ވަނީ ޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް