ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި ހައިކޯޓުން ބައިވެރިވެއްޖެ
އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިފުތިތާޙުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާންއެވެ.
އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމުގެ ގޮތުން، އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ފަށްޓަވާފައިވާ ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގްރާމްގައި، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ބައިވެރިވި ބައިވެރިވުން އުފަލާއި އެކު ފާހަގަ ކުރެއްވާފައިވެއެވެ.
އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިފުތިތާޙު ކުރުމުގެ ގޮތުން، ހައިކޯޓުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި ތިން މުވައްޒަފުންނަށް ބިއްލޫރި ފުޅި ހަވާލުކޮށްފައިވެއެވެ.
އެއް ފަހަރު ބޭނުން ކޮށް އުކާލާ ޕްލާސްޓިކް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭނުންކުރުން މަދުކުރުމުގެ ޕްރޮގްރާމްގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބިއްލޫރިފުޅި މިހާރުވަނީ ހަވާލުކޮށްފައިވާކަމަށް އެ ކޯޓުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް