ޑިންގީއެއްގައި ލޯންޗަކުން ޖެހި 5 މީހަކަށް އަނިޔާ ވެއްޖެ، އެކަކުގެ ހާލު ސީރިއަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޑިންގީއެއްގައި ލޯންޗަކުން ޖެހި 5 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ލ. ގާއެރި ފަޅު ކައިރީގައި ފީނަން ނުކުމެ އުޅުނު ބައެއް ތިބި ޑިންގީގައި ލޯންޗަކުން ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށް ރޭ ދަންވަރު 12:33 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ޑިންގީއެއްގައި ލޯންޗަކުން ޖެހުމުގެ ސަބަބުން 5 ދިވެހި ފިރިހެނުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނާ ގޮތުގައި، މި ހާދިސާގައި އަނިޔާވި 5 މީހުންގެ ތެރެއިން އެކަކުގެ ހާލަތު ސީރިއަސްއެވެ. އަދި އަނިޔާވި މީހުންނަށް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މި ހާދިސާގައި ހިމެނޭ ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް