ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބްރެޒިލްގެ އަންހެނަކު ހައްޔަރުކޮށްފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބްރެޒިލްގެ އަންހެނަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ކަސްޓަމްސް އިން މައުލޫމާތު ދޭގޮތުގައި 32 އަހަރުގެ މި އަންހެންމީހާ ހިފެހެއްޓުނީ މިމަހުގެ ފުރަތަމަ ދުވަހު ވައިގެ މަގުން ބްރެޒިލް އިން ރާއްޖެ އައި އިރު، އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވިގެންނެވެ.
އޭނާގެ ހަށިގަނޑު ބަލައި ފާސް ކުރިއިރު ވަނީ މަސްތުވާތަކެތި ރައްކާކޮށްފައި ހުރި 70 ކެޕްސޫލް ވަނީ ފެނިފަ އެވެ. އެތަކެތި ވަނީ ކޮކެއިނަށް ޕޮޒިޓިވްވެފައެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ހުރީ 1089 ގްރާމް ނުވަތަ އެއް ކިލޯ ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގުގައި 3.8 މިލިއަން ރުފިޔާ ހުންނާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެ އަންހެން މީހާ އާއި އަތުލައިގަތް މަސްތުވާތަކެތި ވެސް ފުލުހުންނާއި ވަނީ ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް