ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެ
ކ.ގިރިފުށީގައި ހުންނަ ސިފައިންގެ ޓްރެއިނިންގ ސެންޓަރުގައި ތަމްރީން ހަދަމުންދިޔަ ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދެއްވި ގޮތުގައި ނިޔާވެފައިވަނީ ސްޓާފް ސާޖަންޓެއްގެ މަގާމުގައި ހުންނެވި އަލީ ރިޔާޒެވެ.
މެރީން ޑިޕްލޮއިމެންޓް ޔުނިޓް (އެމްޑީޔޫ)ގައި މަސައްކަތްކުރައްވާ އަލީ ރިޔާޒް ނިޔާވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރިޔާޒް ހުޅުމާލޭގައި އޮތް ފިޓްނެސް ޓްރެއިނިންގެއް ހެދުމަށްފަހު އެނބުރި ގިރިފުއްޓަށް އައިފަހުން ބަނޑަށް އުނދަގޫވެގެން އުޅުނުކަމަށްވެއެވެ.
އެ ވާހަކަ ގިރިފުށީގައި ހުރި ދަރިވަރެއް ކައިރީ ބުނަން އުޅުނު ވަގުތު ރިޔާޒް ގައިން ވާގި ދޫވެގެން ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ރިޔާޒްގެ ހަށިގަނޑު މިވަގުތު އޮތީ އޭޑީކޭގައެވެ. ރިޔާޒްގެ ކަށުނަމާދު އޮތީ މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް