ސަރުކާރު ބަންދުވިޔަސް ބުރާސްފަތި ދުވަހު އައިޖީއެމްއެޗުން ޚިދުމަތް ދޭނެ
ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށްވީ ނަމަވެސް އައިޖީއެމްއެޗުން ޚިދުމަތް ދޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ނަމަވެސް އެ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
މި ހަފްތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެދުވަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެއްސެވުމާއި ގުޅިގެންނެވެ.
ވިހިވަނަ މަޖިލީހުގައި ރައީސް ޑރ.މުޢިއްޒު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ ހެނދުނު 9:00 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް