އެއިމްސް ޑައިނޯސްޓިކް ކެއަރގެ އެމްބެސެޑަރަކަށް ރޮބޯމޭން
އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ބްރޭންޑް އެމްބެސެޑަރަކަށް ގިނަބަޔެއްގެ ލޯބި ލިބިފައިވާ ރޮބޯމޭން ހަމަޖައްސައިފިއެވެ.
ރޮބޯމޭން އެމަގާމަށް ހަމަޖައްސައި އޭނާއާއި އެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ފަރާތުން ސޮއިކޮށްފައިވަނީ އެތަނުގެ އެސިސްޓަންޓް މެނޭޖަރ އާޝިޔާ ލަތީފެވެ.
އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މި އެއްބަސްވުމުގެ ދަށުން ރޮބޯމޭންއަކީ އެތަނުގެ ކުޑަކުދިންނާާއި ބެހޭ ޑިޕާރޓްމެންޓްގެ އެމްބެސެޑަރެވެ. އެގޮތުން އެތަނުގެ ކުޑަކުދިންގެ ޑޮކްޓަރ، ޑރ.އޯލާއާއި ރޮބޯމޭން ގުޅިގެން ކުޑަކުދިންނަށް ޚާއްސަ އިވެންޓްތަކެއް ބާއްވާނެއެވެ.
މީގެ އިތުރުން އެއިމްސް ޑައިގްނޯސްޓިކް ކެއަރއަށް ރޮބޯމޭން ޚާއްސަ ޒިޔާރަތްތަކެއްވެސް ކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް