އިއްބެއަށް ތާއިދުކޮށްދިނުމަށް ދީނީ އިލްމުވެރިންގެ އަރިހުން އެދިއްޖެ
މިފަހަރުގެ މަޖިލިސް އިންތިޚާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް އަމިއްލަ ވާދަކުރައްވާ އައްޝައިޚް އިބްރާހިމް މުހައްމަދަށް ތާއިދުކޮށްދެއްވުމަށް ދީނީ އިލްމުވެރިންގެ އަރިހުން އެބޭފުޅާ އެދިއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ ރާއްޖޭގެ އެންމެހާ ދީނީ އިލްމުވެރިންނަށް އެޑްރެސްކޮށް ޝާއިއުކުރެއްވި ހުުޅުވާލެވިފައިވާ ސިޓީއެއްގައެވެ.
އިއްބެ ވިދާޅުވީ ރާއްޖެ މިހާރު ގިރާކުރަން ކުރިމަތިލަމުން މިދަނީ ތާރީޚުގައިވެސް ދެކުނު އެންމެ ޚުތޫރަތްތެރި ދުވަސްތަކުގެ ތެެެރެއިން ދުވަސްތަކެއްކަމަށާއި ރާއްޖޭގެ ދީނީ މިނިވަންކަމާއި އިސްތިގްލާލު މިވަނީ ނުރައްކާތެރި ފައްތަރަަކަށް ހުށައެޅިފައި ކަމަށެވެ.
އެގޮތުން އެކަމާއި މެދު ދީނީ އިލްމުވެރިން ފުންކޮށް ވިސްނަމުންދާ ކަމަށާއި އޭގެ ހެއްކެއްގެ ގޮތުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށް ގޮވާލެވޭ ގޮވާލުންތަކާއި ޒިނޭއާއި ބަނގުރާ އާންމުކުރުމަށް ހިތްވަރުދޭފަދަ ރާގުތަކުގައި ގޮވޭ ބަނދިތަކަށް ދީނީ އިލްމުވެރިން ދެއްވަމުންދާ ރައްދުތަކާއި ކުރައްވަމުން ގެންދަވާ އިންކާރުތައް ފުދޭކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ހުޅުވާލެވިފައިވާ މި ސިޓީ ނިންމަވާލައްވަމުން އިއްބެ ވަނީ މާޒީގައިވެސް މިގައުމުގެ ދީނީ ދަންނަ ބޭކަލުންނާއި ގައުމު ދެކެ ލޯބިވާ އަދި މިގައުމަށް ކުލުނެއް ލީ ކޮންެމެ ފަރުދެއްެގެ ކިބައިން ތާރީޚު ހެކިދީފައިވާ ފަދައިން ކުރިމަތިވަމުން އަންނަ ނާމާންކަމުން ސަލާމަތްކުރުމަށް އިއްބެއަށް ތާއިދުކޮށްދިނުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް