މަޖިލިސް19: ޖާބިރު އަނެއްކާވެސް އެނބުރި ކާށިދޫ ދާއިރާއަށް!
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑިއަށް އަބްދުﷲ ޖާބިރު އަނެއްކާވެސް އިންތިޚާބުވެ ވަޑައިގެންފިއެވެ.
ޖާބިރު އިންތިޚާބުވެ ވަޑައިގަތްކަން ވަގުތީ ނަތީޖާއިން ވަނީ ކަށަވަރުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖާބިރަކީ އެމްޑީޕީގެ ޕްރައިމަރީން ބަލިވެ ވަޑައިގެންެނެވި ފަރާތެކެވެ. ނަމަވެސް ޖާބިރު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން ޕްރައިމަރީގައި ބަލިވިނަމަވެސް އިންތިޚާބުގައި ވާދަކުރެވޭ ގޮތް ހައްދަވާފައެވެ.
ޖާބިރު ވަނީ ޕީއެސްއެމް މަޖިލިސް ބަހުސްގައި ކާށިދޫ އަދި ގާފަރުގެ ތަރައްގީއަށް ގިނަކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ޓުއަރިޒަމް ފުޅާކޮށް، ދާއިރާއަށް އިންވެސްޓްމަންޓްތައް އިތުރުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް