ސެންޓްރަލް ޕާކްގައި އިއްޔެ ފެށި ހަރަކާތުގެ ތެރެއިން... ފޮޓޯ: ފެމިލީ މިނިސްޓްރީ
ސެންޓްރަލް ޕާކްގައި އިއްޔެ ފެށި ހަރަކާތުގެ ތެރެއިން... ފޮޓޯ: ފެމިލީ މިނިސްޓްރީ
ހަބަރު 22 Nov 2025 | 08:11

އުފާ ފެސްޓިވަލް މިއަދުވެސް ސެންޓްރަލް ޕާކްގައި ކުރިއަށްދާނެ

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ ގުޅިގެން އިއްޔެ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ފެށި "އުފާ ފެސްޓިވަލް" ގެ ހަރަކާތްތައް މިއަދާ މިރޭވެސް ކުރިއަށްދާނޭކަމަށް އާއިލާއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސެންޓްރަލް ޕާކްގައި ފެށި އުފާ ފެސްޓިވަލަށް އިއްޔެ ހަވީރާ ރޭ ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިއަދު ހަވީރާ މިރޭވެސް އިވެންޓްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިއަދު ހަވީރު އުފާ ފެސްޓިވަލް ކުރިއަށްދާނީ 16:00 ފެށިގެން 18:00 އަށެވެ. އަދި ރޭގަނޑު މި ފެސްޓިވަލް ކުރިއަށްދާނީ 20:00 ފެށިގެން 22:00 އަށެވެ.

ސެންޓްރަލް ޕާކްގައި އިއްޔެ ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން... 

އުފާ ފެސްޓިވަލުގައި ދައުލަތުގެ މުއައްސަސާތައް ބައިވެރިވާއިރު، އިސްރަށްވެހިންގެ ފަރާތުންވެސް ފެސްޓިވަލްގައި ބައިވެރިވެއެވެ.

އުފާ ފެސްޓިވަލްގައި ކުރިއަށްދަނީ ކުޑަކުދިންނަށް ބައިވެރިވެވޭ ގޭމްތަކާއި އެޑިއުކޭޝަނަލް ހަރަކާތްތައް ހިމަނައިގެންނެވެ.

ސެންޓްރަލް ޕާކްގައި އިއްޔެ ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން... ފޮޓޯ: ފެމިލީ މިނިސްޓްރީ

އުފާ ފެސްޓިވަލް އިއްޔެ ހުޅުވައިދެއްވީ ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި، ދަތުރުފަތުރާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. ފެސްޓިވަލް ހުޅުވައިދެއްވުމަށްފަހު އެ ދެ ވުޒާރާގެ ވޭތުވެދިޔަ ދެ އަހަރުދުވަހުގެ މަސައްކަތްތައް ދައްކުވައިދޭ ބުކްލެޓެއް ވަނީ ނެރެފައެވެ. އުފާ ފެސްޓިވަލްގައި ހިމެނިގެން ރޭ ވަނީ ހާއްސަ މޫވީ ނައިޓެއް ކުރިއަށްގެންގޮސްފައެވެ. މޫވީ ނައިޓް ކުރިއަށްގެންގޮސްފައިވަނީ އާއިލާތަކަށްވެސް ބައިވެރިވެވޭ ގޮތަށެވެ.

އުފާ ފެސްޓިވަލުގައި ހމެނިގެން ރޭ ބޭއްވި މޫވީ ނައިޓް

އުފާ ފެސްޓިވަލަކީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމާ ގުޅުވައިގެން އާއިލާއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކަށް އުފާވެރި މާހައުލަކުން ވަގުތު ހޭދަކޮށްލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތެއްކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...