މިނިސްޓަރ މާރިޔާ މާދަމާ މަޖިލީހަށް ހާޒިރުކުރަނީ
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ، މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
މިނިސްޓަރ މާރިޔާ މާދަމާ މަޖިލީހަށް ހާޒިރުކުރެވެނީ އިންޑިއާ ސިފައިންނަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ އިންޑިއާގެ މީޑިއާއަކަށް މިނިސްޓަރު އިންޓަވިއު ދެއްވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައިގައި ސުވާލު ކުުރުމަށެވެ.
އެކަމާއި ގުޅިގެން މިނިސްޓަރގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް ވަނީ ވައްދާފައެވެ.
މީގެ ކުރިން މާރިޔާ ވިދާޅުވީ ރާއްޖޭގެ މީޑިޔާތަކުން އެކަމަނާ ވިދާާޅުވި ބަސްފުޅު ގެނެސްދީފައިވަނީ ހަގީގަތް އޮޅޭނެފަދަ ގޮތަކަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް