ޖަމީލް އުސްމާން މިފަހަރު ވާދަ ކުރައްވަނީ އަމިއްލަ ގޮތުން
ގެމަނަފުށީ ދާއިރާގެ މެމްބަރު، ޖަމީލް އުސްމާން (ޖޭޔޫ) އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ޖަމީލް ފޯމް ހުށަހެޅުއްވީ ގެމެނަފުށީ ދާއިރާއަށް ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ޖުމްހޫރީ ޕާޓީ ނުކުންނަވާ ކެންޑިޑޭޓަކަށް ކުރަން ނިންމައި އޭނާގެ ޓިކެޓު އަތުލުމުންނެވެ.
ގެމެނަފުށީ ދާއިރާގެ ބައެއް ރައްޔިތުންނާއެކު ޖަމީލް ފޯމް ހުށަހެޅުއްވިއިރު އެ ރައްޔިތުން ތިބީ "ޖޭޔޫ 2019" ޖަހާފައިވާ ޓީޝާޓް ލައިގެންނެވެ
ފޯމް ލެއްވުމަށްފަހު މީޑިޔާތަކާއ ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ދެ ވަނަ ދައުރަކަށް ފުރުސަތު ދެއްވައިފި ނަމަ ހަމަ އެފަދަ ނަމޫނާއަކާއެކު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖަމީލް މަޖިލީހުގައި ފާހަގަކުރެވިފައިވަނީ ބަހުސްތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ހަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް