ބޯކޮށް ވާރޭވެހި މާާލޭގެ މަގުތައް ފެންބޮޑުވެއްޖެ
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ހިނގާ ބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
މިއަދު ހެނދުނު ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބައެއް މަގުތަކުގައިވަނީ ތަނބިކައްޓާއި ހަމައަށްވެސް ފެންބޮޑުވެފައެވެ. މިއާއި އެކު ކާނުތައް ފުރިފައިވުމުގެ ސަބަބުން ފެން ނުހިނދިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
އަދި ބައެއް މަގުތައް މަތީގައި ގިނަ އަދަދަކަށް ސުޕާރިއާއި ސިނގިރޭޓު ބަޓުފަދަ ތަކެތި ޖަމާވެފައިވެއެވެ.
މަގުތައް މަތީގައި ފެންބޮޑުވެފައިވުމާއި ގުޅިގެން އެމްއެންޑީއެފުން ދަނީ މާލޭގެ ބައެއް ހިސާބުތަކުގައި ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންެނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދޭ ގޮތުގައި ކ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެއެވެ. މިއާއި އެކު މި ސަރަހައްދުތަކަށް އެ އިދާރާއިން ވަނީ ރީނދޫ ސަމާލެއް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް