ކަރަންޓްގެ ހިދުމަތް މެދުކެނޑުނު، މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް ކަރަންޓް ދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކަރަންޓްގެ ހިދުމަތް މެދުކެނޑުނު، މާލެ އާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދުތަކަށް މިހާރު ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މިއަދު ހެނދުނު 09:30 ހާއިރު މާލެ ހިމެނޭހެން ހުޅުމާލެއިންވެސް ވަނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ. ސްޓެލްކޯއިން ބުނީ ކަރަންޓްގެ ހިދުމަތް މެދުކެނޑުމަށް ދިމާވި މައްސަލަ ހައްލުކޮށް ހުޅުމާލޭގެ އިތުރުން މާލޭގެ ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓްދީ ނިމިފައިވާކަމަށެވެ. އަދި ކަރަންޓް ނުލިބޭ ނަމަ 104 އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
މާލެއާ މުޅި ހުޅުމާލެއިން ހެނދުނު ކަރަންޓް ކަނޑައިގެން ގޮސްފައިވާއިރު މިއަހަރުގެ ޖޫންމަހުވެސް ވަނީ މުޅި މާލެ އަދި ހުޅުމާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް