ޔާމީން ރަޝީދު މަރާލުމަށް ފަރިތަކުރުންތައް ބޭއްވި!
2017ވަނަ އަހަރުގެ ތެރޭގައި ވަޅިން ހަމަލާދީ އަނިޔާވެރިކޮށް މަރާލެވުނު މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ރޭވުންތައް ރާވަންފެށީ މާލޭގެ މަޝްހޫރު ދެ މިސްކިތެއްގައިކަން ޝަރީއަތަށް ހާމަވެއްޖެއެވެ.
އެ މައްސަލައިގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދެއްކި ސިއްރު ހެކިވެރިޔާ ބުނީ ޔާމީން ރަޝީދު މަރާލަން އެންމެ ފުރަތަމަ ރާވަން ފެށުނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފުރުގާން މިސްކިތުގައި ކަމަށެވެ.
އެެއަށްފަހު ތޮއިބާ މިސްކިތާއި އެ ދައުވާ ލިބޭ ފަރާތެއް ކަމުގައިވާ ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމްގެ ގޭގައި ދައުވާ ލިބޭ އެންމެން ބައްދަލުކޮށް މަޝްވަރާކުރިކަމަށެވެ.
އެއަށްފަހު ޖެހިގެން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެކި މީހުން ކުރަންޖެހޭނެ މަސައްކަތްތައް ހަވާލުކުރިކަމަށް ހެކިބަސް ދިން ފަރާތުން ވަނީ ބުނެފައެވެ.
މި މީހާ ވަނީ ޔާމީން ރަޝީދު މަރާލުމަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ބޭއްވިކަަމަށްވެސް ހާމަކޮށްފައެވެ. އެގޮތުން ބުންވަރު ރަނގަޅުކުރުމުގެ ގޮތުން ދުވަން ދިޔުމާއި ފެތުންފަދަ ކަންތައްތައް ދައުވާ ލިބޭ ފަރާތްތަކުން ކުރިކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް