މިއަހަރު ފުރަތަމަ ކުއާޓާގައި ސްޓެލްކޯގެ ސާފު ފައިދާ 17 ޕަސަންޓް ދިޔައީ ދަށަށް!
މިއަހަރުގެ ފުރަތަމަ ކުއާޓާރގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ސާފު ފައިދާ ދިޔައީ ދަށަށް ކަމަށް ހާމަވެއްޖެއެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސްޓެލްކޯއަށް ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު 12 ޕަސެންޓް ވަނީ އިތުރުވެފައެވެ.
އެއީ 456.4 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެކުންފުނީގެ ހޭދަ ވަނީ 366.8 މިލިއަނަށް އަރައިފަ އެވެ. މިއީ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 14 ޕަސެންޓް އިތުރު އަދަދެކެވެ.
ޕީސީބީގެ ހިސާބުތައް ދައްކާ ގޮތުން ސްޓެލްކޯގެ އާމްދަނީ އިތުރުވި ނަމަވެސް، ސާފު ފައިދާ ދަށްވެފައިވަނީ ހޭދަ އިތުރުވުމުންނެވެ
2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 33.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް