މިސްކިތަކަށް އަނެއްކާވެސް އިތުރު ހަމަލާއެއް
ބާރު ސްޕީޑުގައި ކާރަކުން ގޮސް އޮސްްޓްރޭލިއާގެ މިސްކިތަކަށް ގެއްލުން ދީފިއެވެ. ކުއީންސް ލޭންޑުގެ މިމިސްކިތުގެ ގޭޓަށް ކާރު”އަރުވާލީ” ގަސްތުގައި އެވެ.
މި ކުއްލި ހަމަލާ އިން ބައިތުލް މަސްރޫރު މިސްކިތުގެ ގޭޓަށް މާ ބޮޑު ގެއްލުމެއް ނުވިއެވެ. ކާރު ދުއްވަން ހުރި23 އަހަރުގެ ޒުވާނާ ޔަށް އެކަން ކާމިޔާބު ނުވުމުން ކާރުން ފައިބައި ދެންފެށީ ހަޑި ހުތުރު ބަހުން މިސްކިތް ތެރޭގައި ތިބި މީހުންނަށް އެއްޗެހި ގޮވާށެވެ. ފުލުހުން ވަނީ އެ މިހާ ހައްޔަރުކޮށް ފައިއެވެ.
އޮސްޓްރޭލިއާގެ މިސްކިތައް ހަމަލާ ދީފައިމިވަނީ މީގެ ދެދުވަސް ކުރިން ނިއުޒިލެންޑްގެ ދެ މިސްކިތަކަށް ޓެރަރިސްޓް ހަމަލާތަކެއް ދީފައި ގިނަ އަދަދެއްގެ މުސްލިމުން ޝަހީދުކޮށްފައިވަނިކޮށެވެ.
މީގެ ދެއަހަރު ކުރިން ވެސް މި މިސްކިތައް ވަނީ މިފަދަ ހަމަލާއެއް ދީ ފައިއެވެ. އެ ފަހަރު ބަޔަކު މީހުން ވަނީ އޫރުގެ ބޯ ތަކާއި އޫރުލޭ މި މިސްކިތް ތެރެއަށް އަޅާފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް