އިންތިހާބުތަކުން އެމްޑީޕީ ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށް ކޮމިޓީއެއް އުފައްދައިފި
އިންތިހާބުތަކުން އިދިކޮޅު އެމްޑީޕީ ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށްޓަކައި ކޮމިޓީއެއް އުފައްދައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ 2023 ރިޔާސީ އިންތިޚާބު އަދި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީ އެއް އުފެއްދުމަށް ނިންމާފައިވަނީ 1 މޭ 2024 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސްގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
އެހެންކަމުން، މިކޮމިޓީއަށް މައުލޫމާތު ދެއްވަން ބޭނުންފުޅުވާ ބޭފުޅުންނާއި އަދި ޚިޔާލު ހުށައަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން [email protected] އަށް މައުލޫމާތާއި ޚިޔާލު ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.
2023 ވަނަ އަހަރު ރިޔާސީ އިންތިހާބުންވެސް އެ ޕާޓީގެ ކެނޑިޑޭޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު އިރު، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓި އޮތް އެޕާޓީ އަށް ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ކަށަވަރު ކުރެވުނީ 12 ގޮނޑިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް