ދިވެހި ކޮމީޑިއަން "ޖޮނީ" ނިޔާވެއްޖެ!
މަޝްހޫރު ކޮމޭޑިއަން މއ.ސީރިޔަޒުގޭ ހާރޫން އަހުމަދު (ޖޮނީ) ނިޔާވެއްޖެއެވެ.
އޭނާ ނިޔާވިއިރު ޢުމުރަކީ 72 އަހަރެވެ.
ޓެލެވިޜަން މޯލްޑިވްސްގެ ހެއްވާ މަޖާ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ޖޮނީ ނިޔާވިއިރު އުމުރަކީ 72 އަހަރެވެ.
ޖޮނީ ނިޔާވުމާ ގުޅިގެން ބައެއްފަރާތްތަކުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.
އެގޮތުން ކުރީގެ ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހާރޫންއަކީ 70 އާއި 80 ގެ އަހަރުތަކުގައި މަޝްހޫރު ސަހުސިއްޔަތެއްކަމާއި އެމަރުހޫމްއަށް ސުވަރުގެ މިންވަރުކުރެއްވުން އެދި ދުޢާކުރައްވާފައެވެ.
Haroon Ahmed (Johnny), Ma. Seeriyaazge, akee 70 adhi 80 ge aharuthaku thereygai mashooru shahsiyyatheh. Maiy Allah marhoom ah suvaruge minvaru kuravvashi. Aameen pic.twitter.com/l1FeVpNjv3
— Mohamed Nasheed (@MohamedNasheed) May 13, 2019
މަޝްހޫރު ކޮމީޑިއަން ޔޫސުފު ރަފީޢު (ޔޫސޭ) އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނެފައިވަނީ "ޖޯނީ"އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަމަށެވެ. އަދި ޔޫސޭގެ ޑްރާމާތަކުގައި ވަރަށް ތަފާތު ރޯލްތައް އަދާކޮށްފައިވާ ހުނަރުވެރި ފަންނާނެއްގެ ގޮތުގައި ޔޫސޭވަނީ "ޖޮނީ" ސިފަކޮށްފައެވެ.
ޖޮނީގެ މައްޗައް ކުރެވޭ ކަށުނަމާދު އޮންނާނީ އާސަހަރާ މިސްކިތުގައި މިރޭގެ ފަތިސް ނަމާދަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް