ހުޅުމާލެއިން 84 ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެއިން ބަނގުރާފުޅުތަކަކާއެކު ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގ. ލާމިގެ، މާލެ، މުޙައްމަދު އުޝާން (46އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރު ކުރެވުނީ ހުޅުމާލޭ ރީތިގަސްމަގުން ކާރަކަށް ބަނގުރާ އަރުވާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމުގައެވެ.

އެގޮތުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި އަމީން އެވެނިއު މެޕަލް ކުރިމަތިން އެ ކާރު ހުއްޓުވައި ބަލައި ފާސްކުރިއިރު ކަޅުކުލައިގެ ކޮތަޅުތަކެއްގައި ހުރި ފޮށިގަނޑުތަކެއް ކާރުގެ ޑިކީ ތެރެއިން ފެނިފައިވާ ކަމަށާ އެ ފޮށިގަނޑުތައް ބަލައި ފާސްކުރިއިރު 84 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، ކާރު ދުއްވި މީހާ ހައްޔަރުކޮށް އެ ކާރު ޓޯވކޮށްފައިވާއިރު މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް