އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާއްސަ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.
އާއިލާއާ ބެހޭ ވުޒާރާއިން ބުނީ، މި ހަވީރު ކުރިއަށްދާނީ އަންނަ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހު 16:30 ހުން ފެށިގެން ހުޅުމާލެ ފޭސް ދޭއް ރުއްގަނޑު 3 ސަރަހައްދުގައި ކަމަށެވެ. "އިސްރަށްވެހިންގެ ހަވީރު" ނަމުގައި މި ހަވީރު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެޗްޑީސީ، އުރީދޫ އަދި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެންނެވެ.
މި ހަވީރުގައި، އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން، އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އާއިލާއާ ބެހޭ ވުޒާރާގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުން ވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނޭކަމަށް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ވަނީ ޢާއިލާގެ އުމުރުން ދުވަސްވީ ފަރާތްތަކާއެކު ވީހާވެސް ގިނަ ފަރާތްތައް މި ހަވީރުގައި ބައިވެރިވުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް